Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕް ރަސްމިޔާތުން ޖަންގް ފެންނާނެ

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޭޕޮޕް މިއުޒިކްގެ އެންމެ މަޝްހޫރު ބޭންޑް ބީޓީއެސްގެ މެމްބަރު ޖަންގް ކުކް ފެންނާނެ ކަމަށް އެ ބޭންޑުން ބުނެފި އެވެ.

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަންގް ކުކްގެ އިތުރުން ކޮލަމްބިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ އާއިމަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޑުއާ ލީޕާގެ ހުށަހެޅުމެއް ފެނިގެންދާނެ އެވެ.

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ އެއްގަޑިއިރު ކުރިންނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަތަރާއި އިކުއެޑޯ އެވެ.

މަޝްހޫރު ތަރިންތަކުގެ ހުށަހެޅުންތަކުގެ އިތުރުން ވޯލްޑް ކަޕްގެ މެސްކޮޓް ވެސް ދައްކާލުން އޮންނާނެ އެވެ. ފީފާ އިން މިހާތަނަށް ވަނީ ވޯލްޑް ކަޕްގެ ރަސްމީ ލަވައިގެ ގޮތުގައި ހަތަރު ލަވައެއް އާންމުކޮށްފަ އެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.