Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

"މިރާއީ" އަންނާނީ ބައިސްކޯފަށް

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ދެވަނަ ވެބް ސީރީޒް "މިރާއީ" ބައިސްކޯފުން ގެނެސްދޭ ގޮތަށް ނިންމައި، އޭގެ ޓީޒާ ޓްރެއިލާއެއް ވެސް ދައްކާލައިފި އެވެ.

އަޒްހާން ކުރިން ގެނެސްދިން ކްރައިމް ތުރިލާ ޖޯންރާގެ "ދަރަކަ" އާ އެއްގޮތަށް އާ ސީރީޒަކީ ވެސް ޝައުގުވެރި ގިނަ ކަންތައްތަކެއް ފެންނާނެ އަދި ވަރަށް ގިނަ ޓްވިސްޓްތަކެއް ހިމެނޭނެ އެއްޗެވެ. "މިރާއީ" ގެ މައިގަނޑު ކާސްޓުންނަކީ ޝަރަފު އަބްދުﷲ، ވާޝިޔާ މުހައްމަދު (ޝިޔާ)، ބައެއް ވީޑިއޯ ލަވަތަކާއި އިޝްތިހާރުތަކުން ފެނިފައިވާ މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.

މި ސީރީޒްގެ ބައިސްކޯފުން ގެނެސްދޭން ނިންމިކަން އިއުލާންކުރި ނަމަވެސް ޕްރީމިއާކުރާނެ ސީދާ ތާރީހެއް އަދި ހާމައެއްނުކުރެ އެވެ.