ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ އޮފާއެއް "އާޗާ ޕްރީޕެއިޑް" ކަސްޓަމަރުންނަށް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފި އެވެ.
އުރީދީން ބުނީ އާ އޮފާއިން މުޅި ހަފުތާއަށް ނުވަތަ މުޅި މަހަށް 210ޖީބީ އާއި ހަމައަށް ޑޭޓާއާ އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ދުވާލަކަށް 4 ޖީބީ ލިބޭ 7 ދުވަހުގެ ޕެކޭޖެއް 150ރ. އަށް ނެގޭނެ އެވެ. އަދި 500ރ. 5 ޖީބީ ލިބޭ 30 ދުވަހުގެ ޕެކޭޖެކާއި 750ރ. އަށް ދުވާލަކު 7 ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނެ އެވެ.
🌟#AachaaPrepaid Bonus Data offer!
✨Get 150GB Data & Unlimited Ooredoo Calls for the whole month for just MVR 500.
Daily Data benefits:
✨1GB Regular Data
✨2GB Bonus Data
✨1GB Social Media Bonus Data
✨1GB Bonus Data for Streaming!Activate 👉https://t.co/w10IS70ZBO pic.twitter.com/5EttWTITI6
— Ooredoo Maldives (@OoredooMaldives) November 12, 2022
އުރީދޫން ވަނީ މަގޭ ޕްލޭން ކަސްޓަމަރުންނަށް ވެސް ބޮޑެތި ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އޭގެ ދަށުން 300ރ. އަށް 25 ޖީބީ އަދި 350ރ. އަށް 30 ޖީބީގެ މަންތްލީ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވެ އެވެ.