Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޓެކްސް ބޮޑުކުރުން ހުއްޓުވައިދީ

އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރަން ނިންމާފައިވާ އިރު އެކަން ހުއްޓުވައި ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިދް މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފި އެވެ.

މި ސަރުކާރަށް މި ފަހުން އެންމެ ބޮޑު ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ގޮތްގޮތުން ސަރުކާރަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 15 ބިލިއަން އަށް ވުރެ ބޮޑު ކަމަށެވެ. އެހެންވެ އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތް ނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

"ރައީސަށް މިކަން ހުއްޓުވައި ދެއްވަން ވަރަށް އިހްތިރާމާއެކު އެދި ދަންނަވަން." ހަސަން ވިދާޅުވި އެވެ.

އޭނަ އަކީ ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އެކެކެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދަން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ފާސްކުރީ މިދިޔަ މަހިގެ ފަހުކޮޅު އެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުވާނެ އެވެ.