Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

ބަންޑުން ޖަހާލި ލޭންޑިންކްރާފްޓް- ފޮޓޯ: އެމްއެންޑީއެފް

ލޭންޑިންގކްރާފްޓެއް ބަންޑުންޖަހާލައި އޭގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ.

ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ދިޔަވުމުގެ ސަބަބުން އެ ލޭންޑިންގކްރާފްޓް ބައްޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށީ އިއްޔެއެވެ. ގެއްލިގެން ހޯދަނީ ބިދޭސީއެކެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެމީހާ ފެނިފައިނުވާތީ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދާ ކަމަށެވެ.

ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.