Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ބިޕާޝާގެ ދަރިފުޅަށް ކިޔަނީ ދޭވީ

އިއްޔެ ވިހޭ ބޮލީވުޑްގެ ބަތަލާ ބިޝާޕާ ބާސޫގެ އަންހެން ދަރިފުޅަށް ދޭވީގެ ނަން ދީފި އެވެ.

އަލަތު ދަރިފުޅު ލިބުމާ ގުޅިގެން އިއްޔެ އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބިޕާޝާގެ ދެމަފިރިން ބުނީ ކުއްޖާގެ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވާ ކަމަށެވެ. ކައިވެނިކުރި ފަހުން ބޮލީވުން ގެއްލިފައިވާ 43 އަހަރުގެ ބަތަލާގެ ފިރިމީހާ އަކީ އެކްޓަރު ކަރަން ސިންގް ގްރޯވާ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2016 ގަ އެވެ.

ބިޕާޝާ އާއި ކަރަން ރައްޓެހިވީ އެކީގައި ކުޅުނު 2015 ގެ ފިލްމު "އެލޯން" ގެ ސެޓުންނެވެ. ކަރަން، 40، އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ފަހުން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ.

އެކަމަކު މި ދެމަފިރިންނަކީ މިހާރު ބޮލީވުޑުން ފުރުސަތުތަކެއް ލިބޭ ބައެއް ނޫނެވެ.