ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ބޯޓްތަކެއްގެ ހަރަކާތްތަކެއް ދައްކައިލަން އެމެރިކާގައި އިއްޔެ ކުރިއަށް ގެންދިޔަ އެއާޝޯއެއްގައި ދެ ބޯޓެއް ވައިގެ ތެރޭގައި އެކަތި އަނެކައްޗާ މުޑި އަރައި ވެއްޓިއްޖެ އެވެ.
ދެ ބޯޓް ވެއްޓި އެ އެއްޗެހީގައި ވަރަށް ބޮޑަށް އަލިފާން ވެސް ރޯވެފައިވެ އެވެ. އެކަމަކު މި ހާދިސާ ހިނގި އިރު ދެ ބޯޓްގައި މީހުން ތިބި އަދަދާއި އެއީ ކޮން ބައެއްކަން އަދި ސާފު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ބޯޓްތައް ވެއްޓުނު ސަރަހައްދުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
#Dallas #DFW
Additional bystander video shows the mid-air collision involving a B-17 bomber at Dallas Executive Airport.Awful.. pic.twitter.com/j2svm2VIVS
— Shane B. Murphy (@shanermurph) November 12, 2022
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އާ ހަވާލާދީ މީޑިއާތަކުން ބުނީ ޓެކްސަސްގެ ޑަލަސް އެކްޒެކެޓިވް އެއާޕޯޓްގައި ބޭއްވި "ވިންގްސް އޯވަ ޑަލަސް އެއާޝޯ" ގައި މުޑިއަރައި ވެއްޓުނީ ބޮއެން ބީ-17 ފްލައިން ފޯޓްރެސް ބޮމްބާއަކާއި ބެލް ޕީ-63 ކިންގްކޯބްރާ ފައިޓަރެއް ކަމަށެވެ.
މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްޓަކައި ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑް (އެންޓީއެސްބީ) ގެ ޓީމެއް މިހާރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސްފަ އެވެ. އެތަނުގައި ބުނި ގޮތުގައި 1982 ގެ ފަހުން މިފަދަ 21 ހާދިސާއެއް ހިނގާފައި އިރު، މިހާތަނަށް 23 މީހެއްގެ ފުރާނަ ގެއްލިގެން ގޮސްފައިެވ އެވެ.