Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޝަރީފް އެމްޑީޕީ އަށް ސޮއިކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ރައީސްކަން ކުރެއްވި ޝަރީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮތްބޭފުޅެކެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ނާކާމިޔާބުވީ ހިސާބުން ރައީސް ޔާމީނަށް ތާއީދުކުރާ އެކި ފަރާތްތަކުން ޝަރީފަށް އެކިކަހަލަ ތުހުމަތުތައް ކުރައްވާފައިވެއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަރީފް އައްޔަނު ކޮށްފައިވަނީ އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.