Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޑްރަގް އޮޕަރޭޝަނެއްގައި ފުލުހަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް--

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޑް ޑިޕާޓްމެންޓްގެ ފުލުހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރުމާ ގުޅިގެން ފުލުހަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެ ފުލުސް މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމަންޓްގައި އުޅޭ ފުލުހެއް ނަމަވެސް، އެއްވެސް އިސްތިސްނާއެއްނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ." ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވޭ ފުލުހަކީ ޑްރަގް އެންފޯސްމަންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ފުލުހެއް ނަމަވެސް، ޑްރަގް އެންފޯސްމަންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަގޮތުން، އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.