ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ގޮތް ވަނީ ހަދާފަ އެވެ. މިގޮތުން
ކޮންމެ ހަފްތާއަކު ދެ މީހަކަށް 5،000ރ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ 13 ގެ ނިޔަލަށެވެ.