Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

50ރ. ގެ އާ ނޫޓެއް ތައާރަފުކޮށްފި

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ 50ރ. ގެ އާ ނޫޓެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފުކޮށްފި އެވެ.

އެތަނުން ބުނީ މިއަދު ތަޢާރަފްކުރި 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު އެވެ.

މި ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެ އެވެ.

އެމްއެމްއޭ އިން ބުނީ މި ނޫޓް ދައުރުކުރުމަށް ނެރޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.