Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މެޗެއް ނިމުމުން ހަމަނުޖެހުން، ދެ މީހަކަށް އަނިޔާ

މިއަދު ރ. އުނގޫފާރުގައި ކުރިއަށް ދިޔަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ނިމުމަށްފަހު ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު އުނގޫފާރުގައި ކުޅުނު ރ.އަތޮޅު ފުޓްސަލް ކަޕްގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި ފައިނަލް މެޗުގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހަމަނުޖެހުމުގައި 14 އަހަރުގެ ކުއްޖަކާއި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.