Last Updated: May 7, 14:23
Tuesday, May 7, 2024
ޚަބަރު

އިވެކުއޭޝަން ޕްލޭން ސްކޫލްތަކާ ހަވާލުކޮށްފި

އައްޑޫގެ ސްކޫލްތަކަށް ހާއްސަ ކޮށްގެން އެމްއެންޑީއެފް ސަދަން އޭރިއާ ތައްޔާރު ކުރި ފަޔަ އެމަޖެންސީ އިވެކުއޭޝަން ޕްލޭން ސްކޫލްތަކާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ އަށް 5 އަހަރު ފުރުމާއި ސިފައިންގެ 122 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ގަމުގެ ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފަޔަރ އެމަރޖެންސީ އިވެކުއޭޝަން ޕްލޭން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރއެވެ.

މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓްރަ ދެއްކެވި ވާހަކަފުޅުގައި ފަޔަރ އެމަރޖެންސީ ޕްލޭނެއް ސްކޫލުތަކަށް ހެދިފައި އޮތުމުގެ މުހިއްމުކަން ފާހަނގަ ކުރެއްވިއެވެ.

އަދި ކުއްލި ނުރައްކަލުގައި އަމަލުކުރަންވީ ގޮތުގެ ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު އޮގްސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމަޖެންސީ އިވެކުއޭޝަން ޕްލޭން ހަދާނިމޭނެކަމަށެވެ.

މި ޕްލޭންތައް ހެދުމަށްޓަކައި ސަރުކާރާއި އެކި އިދާރާތަކާއި އަދި އެމްއެންޑީއެފުން ދެއްވަމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން ވަނީ އައްޑޫގެ 22 ސްކޫލަކަށް އިމަޖެންސީ އިވަކުއޭޝަން ޕްލޭން ތައްޔާރު ކޮށްދީފައެވެ. އަދި އަހަރަކު އެއްފަހަރު މި ޕްލޭނަށް ފަރިތަމަ ވުމުގެ ގޮތުން ކޮންމެ ސްކޫލަކަށް ޑްރިލްއެއް ބާއްވާނެކަމަށް ސަދަން އޭރިއާ ކޮމާންޑްއިން ބުނެއެވެ.