Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ސާނިއާގެ ދެމަފިރިންގެ ޓޯކް ޝޯއެއް

އިންޑިއާގެ ޓެނިސް ތަރި ސާނިއާ މިރުޒާ އާއި ޕާކިސްތާނަށް އުފަން ފިރިމީހާ އަދި ކްރިކެޓް ތަރި ޝުއިބް މާލިކް ހޯސްޓްކުރާ ޓޯކް ޝޯއެއް ގެނެސްދޭން ނިންމިކަން އިއުލާންކޮށްފި އެވެ.

އުރުދޫ ފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ޝޯގެ ނަމަކީ "ދަ މިރުޒާ މާލިކް ޝޯ" އެވެ. ސާނިއާ އާއި ޝުއައިބް އެކީގައި ޓޯކް ޝޯއެއް ހޯސްޓްކުރަން ތައްތާރުވާކަން އިއުލާންކޮށްފައި މި ވަނީ މި ދެ މީހުން ވަރިފަށަށް އަރައި ކައިވެނި ރޫޅައިލަން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި މިހާރު ވަރަށް ގަދައަށް ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.

ނަމަވެސް އެ ދެމަފިރިން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން ދެ މީހުން އެކީގައި ޝޯއެއް ހޯސްޓްކުރަން ނިންމާފައިވާތީ، ވަރީގެ ވާހަކައިގައި އެއްވެސް ހަގީގަތެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ސާނިއާ، 35، އަކީ އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އަންހެން ޓެނިސް ތަރި އެވެ. ޝުއައިބް، 40، އަކީ ހަމަ އެގޮތަށް ޕާކިސްތާނުގައި މަޝްހޫރު ކްރިކެޓް ލެޖެންޑެކެވެ. މި ދެ މީހުން ކައިވެނިކުރީ 2010 ގަ އެވެ. ކައިވެންޏަށް ލިބިފައިވާ ދަރިފުޅަކީ އިޒްހާން މިރުޒާ މާލިކް، 4، އެވެ.