Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކިއާނޫގެ "ޖޯން ވިކް 4" މާޗްގައި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކިއާނޫ ރީވްސްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒް "ޖޯން ވިކް" ގެ ހަތަރެއްގެ ޓްރެއިލާ އާންމުކޮށްފި އެވެ.

"ޖޯން ވިކް: ޗެޕްޓާ 4" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 24 ގަ އެވެ. ކިއާނޫ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި އޭނަގެ "މެޓްރިކްސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" އިންނެވެ. ޖުމްލަ 190 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 157.3 މިލިއަން ޑޮލަރެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖޯން ވިކް: ޗެޕްޓާ 4" އަކީ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ އެއްޗެކެވެ. ޗާޑް ސްޓެހެލްސްކީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޑޮނީ ޔެން، ބިލް ސްކާޒްގާޑް، މާކޯ ޒެރޯ، ލޭންސް ރެޑިކް، ސްކޮޓް އެޑްކިންސް އަދި ލޯރެންސް ފިޝްބާން ހިމެނެ އެވެ.

"ޖޯން ވިކް" ގެ ފުރަތަމަ ފިލްމު 2014 ގައި ގެނެސްދިނުމަށް ފަހު 2017 ގައި ޗެޕްޓާ 2 އަދި 2019 ގައި ޗެޕްޓަ 3 ގެނެސްދިނެވެ.