Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޕޮލެންޑްގެ ގައުމީ އެއާލައިން ރާއްޖެ އަށް

ފިނި މޫސުމާ ދިމާކޮށް ޕޮލެންޑްގެ ގައުމީ އެއާލައިން، ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަންނަ މަހުގެ ނިޔަލަށް އެ އެއާލައިން ރާއްޖެ އަށް ކޮންމެ ހަފުތާ އަކު އެއް ދުވަހު ރާއްޖެ އަށް ދަތުރެއް ބާއްވާނެ ކަމަށެވެ.

ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ކުރާނީ 294 މީހުންގެ ޖާގައިގެ ބޯޓެއްގަ އެވެ.

މި އެއާލައިނަކީ ކުރިން ވެސް ފިނި މޫސުމާ ދިމާކޮށް އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ދަތުރުތަކެއް ކުރަމުން އައި އެއާލައިނެކެވެ.