Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެމެޒޯނަށް ތާރީހީ ބޮޑު ވެއްޓުމެއް

ރައުސުލްމާލު ޓްރިލިއަން ޑޮލަރުން މަތީގައި އޮތް ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި، އެމެޒޯން އަށް ތާރީހީ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެެ.

މިއާ އެކު އެ ކުންފުނިވެފައި ވަނީ މިހާތަނަށް ޓްރިލިއަން ޑޮލަރުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ކުންފުންޏަށެވެ. ހިއްސާގެ އަގު ވެސް ބުދަ ދުވަހު 4.3 ޕަސެންޓަށް ވެއްޓި، އެމެޒޯންގެ ރައުސުލް މިހާރު ވަނީ 897 ބިލިއަން ޑޮލަރަށް ތިރިވެފަ އެވެ. މިދިޔ އަހަރުގެ ޖުލައިގައި ކުންފުނީގެ ރައުސުލްމާލު 1.88 ޓްރިލިއަން ޑޮލަރަށް އަރަ އެވެ.

އެމެޒޯނުން ބުނި ގޮތުގައި އެ ކުންފުނީ ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެއްގެ މަގާމުން ވެއްޓެން ދިމާވި ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމެތިވެފައި އޮތް ލޮޅުންތަކާ އެކީ އިންފްލޭޝަން މަތިވުމާއި ސަބްސިޑީ ރެވެނިއުގެ އިތުރަށް އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވުން މަނިޓަރީ ޕޮލިސީތަކަށް ގެނައި ތާށިކަން ހިމެނެ އެވެ.

އެމެޒޯނަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު މަހުޖަނު އެމެރިކާގެ ޖެފް ބެޒޯސްގެ ކުންފުންޏެކެވެ.