Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

އެމްއެމްޕީއާރްސީ އަށް ރައީސްގެ ޝުކުރު

ޓޫރިޒަމް އިޝްތިހާރުކޮށް ރާއްޖެ އަށް ރީތި ނަން ހޯދައި ދިނުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީގެ މުވައްޒަފުންނާ އެ އޮފީހުގައި މިއަދު ބައްދަލުކުރައްވައި އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހިތްވަރު ވެސް ދެއްވި އެވެ. އެގޮތުން ރައީސް ދެއްކެވި ވާހަކައިގައި ވޯލްޑް ޓްރެވަލް އެވޯޑްގައި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑް ލީޑިންގ ޓުއަރިސްޓް ބޯޑް އެވޯޑް ރާއްޖެ އަށް ލިބިފައިވާތީ އެކަން ފާހަގަކުރައްވައި، އެމްއެމްޕީއާރްސީ ގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވި އެވެ.

މި އަހަރަކީ ރާއްޖެ އަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ވިދިވިދިގެން ލިބުނު 3 ވަނަ އަހަރެވެ.

ރައީސް ވަނީ ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި، ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރަށްވާތީ އެ ދާއިރާ ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން މިއަދު ވަނީ އަށް ރައީސަށް މުވައްޒަފުންގެ ފަރާތުން ހަނދާނީ ފިލައެއް އަރުވައިފަ އެވެ.

މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރަން ގައި "ޓޭލްސް އޮފް މޯލްޑިވްސް" ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އެމްއެމްޕީއާރްސީން މިދިޔަ އަހަރު ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ވެސް ރައީސަށް ވެދުމަށް އެރުވި އެވެ.