ޓެކްސް ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އިދިކޮޅުން މުޒާހަރާކުރަން ފަށައިފި އެވެ.
މިއަދު މެންދުރު ފަހު މި މުޒާހަރާ ކުރިއަށް ދާނެކަން ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ. މީގައި ބައިވެރި ވަނީ ޕީޕީއެމާއި ޕީއެންސީ އަށް ތާއީދުކުރާ މީހުންނެވެ.
Tax bill faas nukurumah govaalaa Progressive Congress Coalition in Majlis sarahadhdhugai ihthijaaju kurun. #RY2033 pic.twitter.com/sihN6UEaXb
— Progressive Party of Maldives (@ProgressPartyMV) November 14, 2022
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުކުރަން އޮތީ ނިންމައިފަ އެވެ. މި ބަދަލާ އެކީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުވާނެ އެވެ.
Tax bill faas nukurumah govaalaa Progressive Congress Coalition in Majlis sarahadhdhugai ihthijaaju kurun. #RY2033 pic.twitter.com/WFwn4MNqY6
— Progressive Party of Maldives (@ProgressPartyMV) November 14, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކިރައްވާ ގިނަ މެމްބަރުން ގެންދަވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ. މިކަމާ ގުޅިގެން ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ފަޅީގައި ތިއްބެވި މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ވެސް ފޮނުވައި، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވަމުންނެވެ.
ޓެކްސް ބޮޑުކުރަން ނިންމުމަކީ އިދިކޮޅު ޕާޓީތަކުގެ ނުރުހުން ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކަމެކެވެ.