Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިމްޕޯޓް އިތުރުވެ، އާމްދަނީ 24 ޕަސަންޓް މައްޗަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 24 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4.3 ބިލިއަނަށް އަރާފައެވެ. މިއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 16 ޕަސެންޓަކީ އިންޑިއާ އިން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރު ދަށްވެފައިވާ އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 219 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 186 މިލިއަން ރުފިޔާގަ އެވެ. މިއީ 15 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 40 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 24 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 294 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 364 މިލިއަން ރުފިޔާގަ އެވެ.