Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ވޯލްޑް ކަޕް ބަލަން ޕްރޮޖެކްޓަރު ދޫކުރަނީ

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ބެލުމަށް، ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޯލްޑް ކަޕާ ދިމާކޮށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުތައް ހޯދަން ބޭނުންވާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޖަމްއިއްޔާގެ ރަސްމީ ލެޓާ ހެޑާއި ސްޓޭމްޕް ޖަހާފައިވާ ސިޓީއެއް މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މެއިލް ކުރާނީ [email protected] އަށެވެ.

މިނިސްޓްރީން ބުނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާ އަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫނުކުރާނެ ކަމަށެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.