Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝެއިން އިން ރާއްޖެއަށް ހިލޭ ޝިޕްކުރަން ފަށައިފި

އޮންލައިން ވިޔަފާރި އަށް ހާއްސަ ވެބްސައިޓެއް ކަމަށްވާ ޝެއިން އިން އަނެއްކާ ވެސް ރާއްޖެ އަށް ހިލޭ ޝިޕިން ކުރަން ފަށައިފި އެވެ.

ޝެއިން އިން ދާދިފަހުން ރާއްޖެއަށް ކުރަމުންދިޔަ ފްރީ ޝިޕިން ހުއްޓާލާ ކޮންމެ އެއްޗަކުން 30 ޑޮލަރު ނަގަމުން ގޮސްފައިވެ އެވެ.

ރާއްޖެއަށް ފްރީ ޝިޕިން ކުރެވޭ ގޮތަށް ޝެއިން އިން ނިންމާފައިވަނީ ކުރީގެ ވެސް ޕޮލިސީ އާއި އެއްގޮތަށެވެ. އެއީ ކޮންމެ 250 ޑޮލަރުން މަތީގެ އޯޑަރުތަކަށް ފްރީ ޝިޕިންކޮށްދޭ ގޮތަށެވެ. ކުރިން ޝެއިން އިން ހިލޭ ޝިޕިން ށްދީފައި ވަނީ 200 ޑޮލަރުން މަތީގެ އޯޑަރު ތަކަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފާސްޓް ފެޝަން ބްރޭންޑު ކަމަށްވާ "ޝެއިން" ގެ އުފެއްދުންތަކުގެ އަގު ހެޔޮވުމުން އެ އުފެއްދުންތަކުގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ޝެއިން އިން ރާއްޖެ އަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން ވިޔަފާރި ވެސް ކުރެމުންދެ އެވެ.