ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" ގެ ޝޫޓިން ފަށައިފި އެވެ.
ޝޫޓިން ފެށި ވާހަކަ މި ފިލްމު އުފައްދާ އިރެކްޓަރު ސިދާތުގެ ފިލްމު ކުންފުނި މާފްލިކްސްގެ އިންސްޓަގްރާމްގައި އޭނަ އާއި ރިތިކް ފެންނަ ފޮޓޯއަކުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. މި ފިލްމަކީ މި ދެ މީހުން އެކީގައި މަސައްކަތްކުރާ ތިން ވަނަ ޕްރޮޖެކްޓެވެ. ރިތިކް އެންމެ ފަހުން ކުޅުނު ސިދާތުގެ ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު ހިންދީ ފިލްމު ކަމަށްވާ "ވޯ" އެވެ. އޭގެ ކުރިން ދެ މީހުން 2014 ގެ "ބޭންގް ބޭންގް" ގައި މަސައްކަތްކުރި އެވެ.
ސިދާތުގެ މާފްލިކްސް އާއި ވަޔަކޮމް އެންޓަޓައިންމަންޓް ގުޅިގެން އުފައްދާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.
ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ޖެނުއަރީ، 25، 2024 ގަ އެވެ.
ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ގެނެސްދޭ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ "ޕަތާން" އެވެ.