މާލޭގެ ކިންގް ސަލްމާން މިސްކުތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން މިހާރު ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އޭސީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތުރުކީގެ ޓެކްނީޝަނުންގެ ޓީމަކުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ސަލްމާން މިސްކިތް އިމާރާތްކުރީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެއީ އެ ގައުމުގެ ޓާމެކްސް ކުންފުންޏެވެ.
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަންސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތުރުކިޔޭ ވިލާތުގެ ޓެކްނީޝަނުންގެ ޓީމުން މިހާރުވަނީ ފަށާފަ. pic.twitter.com/Ny3GP13SuJ
— Ministry of Islamic Affairs (@MVIaffairs) November 15, 2022
މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައި ފިޔަވައި އެ ސިޓީގައި ހުރި އެންމެ ބޮޑު މިސްކިތުގެ އޭސީ ސިސްޓަމްގައި މައްސަލަތަކެއް ޖެހިފައިވާތާ ދުވަސްތަކެއްވެއްޖެ އެވެ. އެ މިސްކިތް ބޭނުން ކުރަން ފެށީ މި އަހަރުގެ ރޯދަ މަހާ ދިމާކޮށެވެ.
ސަލްމާން މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ. ެ މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4،000 މީހުންނަށް ނަމާދު ކުރެވޭ އިރު ތިން ވަނަ ފަންގިފިލާގައި 40 ޖާގައިގެ ހަތަރު ކްލާސްރޫމާއިފަސް ސެމިނާ ރޫމް ހުރެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުރެ އެވެ.