މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އެތެރެކުރަނިކޮށް އަތުލައިގެންފި އެވެ.
ކަސްޓަމްއިން ބުނީ މިއަދު ބުނީ މިއީ އެ ބާވަތުގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެ ތަކެތި އަތުލައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ކަސްޓަމްސް އިން ބުނީ ކުރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތީ ބަހުރޭނުން ރާއްޖެ ގެނައި ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އޭގެ ތެރެއި ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް ބުންޏެވެ. މީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުއްޓެވެ.
އެ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ރާއްޖެ އަށް ކުރިން އެތެރެނުކުރާ ބާވަތުގެ ބާވަތެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އިރު، ރާއްޖެ އަކީ މަސްތުވާތަކެތީގެ މައްސަލަތައް މިހާރު ވަރަށް ބޮޑު ގައުމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަަފާރި އެކި ފެންވަރުގައި ހިންގާ މީހުން މިހާރު ގިނަ އެވެ. އަދި މި ވަބާ އަކީ ރާއްޖޭގައި މި ވަގުތު އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު އުމުރުން 8 އަހަރުގެ ކުދިން ވެސް މަސްތުވާތަކެތި ބޭނުންކުރެ އެވެ.