Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ޕެންޝަން އޮފީހުގެ ފައިނޭންސް ފޯރަމް މާދަމާ

ފައިނޭންސް ފޯރަމްގެ ޕެނަލިސްޓުން.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަން ނިންމާފައިވާ މި އަހަރުގެ "ދަ މޯލްޑިވްސް ފައިނޭންސް ފޯރަމް" މާދަމާ ބާއްވަން ނިންމައިފި އެވެ.

މި ފޯރަމް ބާއްވާނީ ކުނރުބާ މޯލްޑިވްސްގަ އެވެ.

މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. ފޯރަމްގެ މައުޟޫ އަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަ ތަރައްގީކުރުން" އެވެ.

ފޯރަމުގައި ބައިވެރި ވާނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރި، އިގްތިސާދު، ސިޔާސީ، އިލްމީ، އިޖުތިމާއީ ދާއިރާގެ އިސް ބޭފުޅުންނެވެ.

ފޯރަމުގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަ މިހާރު ބައްޓަންވެފައިވާ ގޮތާއި، ފައިނޭންޝަލް އިންފްރާސްޓްރަކްޗަ ތަރައްގީކުރަން ކުރިއަށް ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކަންމަކާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކޮށް، ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށް ރައްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްޤީއާއި ކުރިއެރުންތަކާ މެދު މަޝްވަރާކުރާނެ އެވެ.