Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން 2 ގަޑިއިރު ނަގާނެ

ގެއްލުން ލިބިފައިވާ ކޭބަލް- ފޮޓޯ: ސްޓެލްކޯ

ހުޅުމާލެ ހިޔާ ފްލެޓްތަކަށް އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވަނީ 11:15 ހާއިރުއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ގެއްލުންލިބުމުގެ ސަބަބުން ކަމަށެވެ.

އަދި އެ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މި މަސައްކަތަށް 2 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.