Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަހަރު ނިންމާ ސޭލް އެސްޓީއޯ އިން ފަށައިފި

އަހަރު ނިންމައިލުމުގެ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ މި އަހަރުގެ "އިޔަ އެންޑް ސޭލް" ޕްރޮމޯޝަން ފަށައިފި އެވެ.

ބޮޑެތި އިނާމުތަކެއް ވެސް ލިބޭ ގޮތަށް ބާއްވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. އެސްޓީއޯ އިން ބުނީ ޕްރޮމޯޝަންގެ ތެރޭގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ކުރާ ކޮންނެ 500ރ. އިން މަތީގެ ވިޔަފާރިއެއް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

މީގެ ގްރޭންޑް ޕްރައިޒަކީ 65 އިންޗީގެ ޓީވީއަކާއި ސައުންޑު ސްޕީކަރު ސިސްޓަމްއަކާއި އައިސް އަލަމާރިއެކެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 15،000ރ. ގެ ގިފްޓު ވައުޗާއެކެވެ. ތިން ވަނަ އިނާމަކީ 5،000ރ. ގެ ގިފްޓު ވައުޗާއެކެވެ.

މި ވައުޗާ ބޭނުންކޮށްގެން އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ އެވެ.