އުރީދޫ މޯލްޑިވްސް އިން އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފި އެވެ.
އެ ތަކެތި ހަދިޔާކުރަން ބަންޑާރަކޮށީގައި މިއަދު ބޭއްވ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށް ދެއްވީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު/މެނޭޖިން ޑައިރެކްޓަރު ޚާލިދް އަލް ހަމަދީ އެވެ. ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އެވެ.
As part of Ooredoo Football Foari campaign, it was our pleasure to facilitate viewing of the upcoming FIFA World Cup Qatar 2022. https://t.co/ocf676gCRH
— Ooredoo Maldives (@OoredooMaldives) November 15, 2022
އުރީދޫން ހަދިޔާކުރީ ފަސް ޓީވީ އެވެ. މި ޓީވީތަކަކީ، ކުރިއަށް އޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށް ދިނުމުގެ ގޮތުންނާއި ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ހަދިޔާކުރި އެއްޗިއްސެވެ.
ސިފައިންނަށް ޓީވީތަކެއް ހަދިޔާކުރުމާ ގުޅިގެން މިނިސްޓަރު ވަނީ އުރީދު އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އުރީދޫން ކުރިން ވެސް ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ސިފައިންނަށް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފަިވެ އެވެ.