Last Updated: April 25, 10:16
Thursday, April 25, 2024
ސިއްހަތު

އަނބިމީހާގެ ފަރާތުން އަހަން ބޭނުން އަޑުތައް

1. ކަލާ ގެ އަނބެއްގެ މަގާމު ލިބުނީމާ ވަރަށް އުފާވޭ: މި ޖުމްލަ ކިތަންމެ ކުޑަ ޖުމްލައަކަށް ވިޔަސް މިއީ ފިރިހެނުންގެ ކާރީ ވަރަށް އަގު ބޮޑު ޢިބާރާތެކެވެ. އެމީހާއެކު އުޅުމަށް އަންހެން މީހާ ބޭނުން ވާކަން ދޭހަކޮށް ދޭ ޖުމްލައެކެވެ.

2. ތިއީ ވަރަށް އޯގާތެރި ބައްޕަ އެއް: އަސްލު ކޮންމެ ފިރިހެނެއް ވެސް އެނާގެ ތޮބީއަތުގައި ވާގޮތުން ދަރިން ކުރިމަތީގައާއި އަނބިމީހާ ކުރިމަތީގަ ހީރޯއަކަށް ވާން ބޭނުން ވާނެ އެވެ. އެހެންވެ ދަރިން ކުރިމަތީ ބައްޕަ ކޮށްފައިވާ މޮޅުކަމެއްގެ ވާހަކަ ބުނެލާށެވެ. ފިރިމީހާ ވަރަށް އުފާވާނެ އެވެ.

.
3. އަހަރެން ގަޔާވާ ވަރަށް ގިނަ ސިފަތަށް ލޯބި ގައިގަޢި އެބަހުރި: މިކަހަލަ ތައުރީފްގެ ޖުމްލަތަކަކީ ފިރިހެނުންގެ އެތެރެ ހަށީގައި ރެކޯޑު ވާނެ ޖުމްލަތަކެވެ. އަންހެނުން ރީތި ކަމަށް ދައުވާ ކުރާ ފަދައިން ފިރިހެނުން ނުކުރާނެ އެވެ. އެކަމަކު ތައުރީފް ލިބި ގަތުމަށް ދަހިވެތި ވާނެ އެވެ.
Happy Couple Outdoor. Smiling Couple Relaxing in a Park. Family

4. ކަލާ ނިންމާ ނިންމުންތައް އަސްލު ވަރަށް ފުރިހަމަ: ފިރިހެނުންގެ އާދައިގެ މަތިން އެ މީހުންގެ މޮޅު ވާހަކަ ދެއްކުމުން އެ މީހުން ހިތްހަމަޖެހޭނެ އެވެ. އަދި އެގޮތަށް ތައުރީފް ކުރުމުން އަނބި މީހާ ހުރީ ތިމަންނަ އާ އެކު ކަން އެނގި ކުރާ ހުރިހާ ކަމެއް މާ ރަނގަޅަށް ކުރާނެ އެވެ.

5. ކަލާ އާ އެކު އުޅުމަށް މި ލިބޭ ވަގުތަކީ އަހަރެންގެ ހަޔާތުގެ އެންމެ އަގުބޮޑު ވަގުތު: އަނބިމީހާގެ ފަރާތުން ލިބޭ މިފަދަ ކޮމެންޓަށް ޓަކައި ފިރިން އެ މީހުންގެ މުޅި ލައިފް ދޭނެކަން ގައިމެވެ.

6. ކަލާ އަޅުގަނޑާ އެކު ތެދު މަގުގައި ހުރުމުން އަޅުގަނޑު ވަރަށް އުފާވެ އެވެ: މިފަދަ ޖުމްލައަކުން ފިރިމީހާގެ ހިތް ހަމަޖައް ދޭށެވެ.

7. ކަލާ އަހަރެމެންނަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރޭ: އެކަން އަޅުގަނޑަށް އެނގޭ އަދި ވަރަށް އެޕްރިޝިއޭޓް ކުރަން އަނބިމީހާގެ ފަރާތުން ލިބޭ މިފަދަ ބަހަށްޓަކާ ފިރިމީހާ ފިދާވާނެ އެވެ. އަދި ތިމާގެ މަސައްކަތާ މެދު އަނބިމީހާ ގަދަރު ކުރާކަން އެނގި އުފާވާނެ އެވެ.
JKHNK (2)

8. ގިނަގިނައިން ޝުކުރު އަދާ ކުރުން: އިންސާނުންގެ ތޮބީއަތުގައި އިންނަ ގޮތުން މީހުން ޝުކުރު އަދާ ކުރުމަކީ އެ މީހަކަށް ކުރާ މަސައްކަތެއްގަ ހިތްވަރެއް ލިބޭކަމެވެ. ފިރިމިހާ ފަދަ އެހެން އެއްވެސް މީހެއް އެ އަންހެނަކަށް ނުހުންނާނެ އެވެ.

ފިރިމީހާއަކީ އޭނާގެ ބެސްޓު ފުރެންޑަށް ހަދާށެވެ. އަދި ގިނަ ގިނައިން ޝުކުރު އަދާ ކުރާށެވެ. ލޯބިވެރިޔަކަށް ފިރިމީހާ ހަދާށެވެ. އަދި ލޯބީގެ އާ ހުނަރުތަކުން ފިރިމީހާގެ ހިތް ފުރާލަދޭށެވެ.
ހަމަ ޔަގީނުން ވެސް އުފާވެރި ހަޔާތެއް ލިބޭނެ އެވެ. ފިރިމީހާ އަށް ދޭންވާ ގަދަރާއި އިހްތިރާމް ދޭށޭވެ. އެކަމަކީ ކޮންމެ ފިރިއަކު ބޭނުން ވާނެ ކަމެކެވެ.