Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިނާމަކަށް ކާރެއް ލިބޭ ޕްރޮމޯޝަނެއް

އިނާމަކަށް ޖިޕެއް ލިބޭ ޕްރޮމޯޝަނެއް ކެފޭ އޭޝިއާނާ އިން ފަށައިފި އެވެ.

އެތަނަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫގައި ވެސް އައުޓްލެއް ހިންގަމުން އަންނަ ތަނެކެވެ. "އޭޝިއާނާ ބޮޑު ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަމުނުގައި ބައިވެރިވެވެނީ ލާޖް ރައީސް ކޮމްޕޯ ޕެކެއް ގަތުމުންނެވެ. އޭގެ އަގަކީ 499ރ. އެވެ.

އެގޮތުން މި ޕްރޮމޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ހަމާ އެޗް3 މަރުކާގެ ޖިޕެކެވެ. ދެވަނަ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ. ތިން ވަނަ އިނާމަކީ 5،000ރ. އެވެ. އަދި ހަތަރު ވަނަ އިން ފެށިގެން 10 ވަނަ ނަސީބުވެރިޔާ އަށް 1،000ރ. ލިބޭނެ އެވެ.

"އޭޝިއާނާ ބޮޑު ޕްރޮމޯ" ކުރިއަށް ދާނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.