Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޓްރަމްޕް 2024 ގެ ރިޔާސީ ރޭހަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގައި ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާކުރަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.

އޭނަގެ ފްލޮރިޑާގެ ގޭގައި ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަނެއްކާ ވެސް ވަރުގަދަ ގައުމަކަށް ހަދަން އަލުން ވެރިކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވާ ކަމެއް ކަމަށާއި މިކަމުގައި ހުރިހާ ރައްޔިތުންގެ ސަޕޯޓް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއީ ހަމައެކަނި އަހަރެންގެ ކެމްޕޭނެއް ނޫން. މިއީ އަހަރެމެން އެންމެން އެކަތިގަނޑަކަށް ހަދަން ކުރާ މަަސައްކަތެއް." ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ވިޔަފާވެރިއެއްގެ ގޮތުގައި މަޝްހޫރު ޓްރަމްޕް އަދާކުރެއްވީ 2016-2020 އަށެވެ. އެކަމަކު ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނަ މަގާމަށް ވަޑައިގެންނެވީ ވޯޓް އޮޅުވައިލުމުގެ ވަރަށް ގިނަ މަސައްކަތްތަކެއްގެ ތެރެއިންނެވެ. އެ ފަހަރު ޓްރަމްޕާ ވާދަކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަކުން ހިލަރީ ކްލިންޓަނެވެ.

ޓްރަމްޕަކީ އޭނަގެ ވެރިކަމުގައި ދައުރުގައި ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި، އަދި އެމެރިކާގެ ސިޔާސަތުތަކާ ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ނުރުހުނު ދައުރެކެވެ.

ޓްރަމްޕް 2024 ގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމެވިކަން ރަސްމީކޮށް އިއުލާންކުރެއްވި އިރު، 2020 ގެ ފަހުކޮޅު ބޭއްވި އިންތިހާބުގައި ވެސް ދެވަނަ ދައުރަކަށް ވާދަކުރެއްވި އެވެ. އޭނަ ބަލިކުރައްވައި މިހާރު އެމެރިކާގެ ރައީސްކަން ކުރައްވަނީ ކުރިން ނައިބު ރައީސްކަން ވެސް ކުރެއްވި ޖޯ ބައިޑެން އެވެ.

ޓްރަމްޕް އަލުން ރިޔާސީ ރޭހަށް ނުކުންވާކަން ރަސްމީކޮށް އިއުލާންކުރެއްވުމުގެ ކުރިން ވެސް އިންތިބާހަށް ވާދަކުރައްވާނެކަމުގެ އިޝާރާތްތަކެއް ތަކުރާރުކޮށް ދެއްވާފައިވެ އެވެ.

ރައީސް ޖޯ ބައިޑެން ވެސް ހުންނެވީ ދެވަނަ ދައުރެއްގެ ޝައުގުވެރިކަމުގަ އެވެ.