Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

"މެޖިކް މައިކް 3" އިން އަލުން ޖާދޫ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝޭނިން ޓޭޓަމްގެ ކާމިޔާބު ކޮމެޑީ-ޑްރާާމާ ފިލްމު "މެޖިކް މައިކް" ގެ ތިން ވަނަ ބައި އިއުލާންކުރިތާ އަހަރެއްހާ ދުވަސް ފަހުން އޭގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ވޯނާ ބްރޮސްގެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ. "މެޖިކް މައިކްސް ލާސްޑް ޑާންސް" ގެ ކާސްޓުން ސަލްމާ ހަޔޭކް އާއި ނޭންސީ ކެރޯލް ފަދަ ތަރިން ފެންނާނެ އެވެ. މި ފިލްމު ޑައިރެކްޓްކުރީ 2012 ގެ "މެޖިކް މައިކް" ޑައިރެކްޓްކުރި ސްޓީވެން ސޮޑަބާގެވެ.

ދެހާސް ފަނައިރައިގައި ގެނެސްދިން "މެޖިކް މައިކް އެކްސްއެކްއެލް" ޑައިރެކްޓްކުރީ ގްރެގަރީ ޖެކޮބްސް އެވެ.

އެންމެ 7 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "މެޖިކް މައިކް" އަކީ ބޮކްސް އޮފީހުގައި 167.2 މިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި އެއްޗެކެވެ. އަދި "މެޖިކް މައިކް އެކްސްއެކްސްއެލް" 14.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، އާމްދަނީ ގޮތުގައި 122.5 މިލިއަން ޑޮލަރު ލިބުނެވެ.