ރާއްޖޭގެ ހައި ކޯޓްގައި ފުރަތަމަ ފަހަރަށް މުޅިން އަންހެން ފަނޑިޔާރުންގެ ބެންޗެއް ހިމެނިއްޖެ އެވެ.
މި ވާހަކަ އެ ކޯޓްގެ ކޮމިއުނިކޭޝަން އޮފިސަރު އަމީން ފައިސަލް މިއަދު ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ ހައި ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގާފައިވާ ކަމަށެވެ.
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދުވަނީ ޝަރީއަތެއް ހިންގާފައެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ. pic.twitter.com/qjDW7gm1eY
— Ameen Faisal, Information Officer (High Court) (@HighCourtMedia) November 16, 2022
އެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ވަނީ އަލްއުސްތާޒާ ފާޠިމަތު ފަރުހީޒާނާއި އަލްއުސްތާޒާ ހުޒައިފާ މުޙައްމަދުގެ އިތުރުން އަދި އަލްއުސްތާޒާ ދީބާނާޒް ފަހުމީ އެވެ.
މި ތިން ފަނޑިޔާރުންނަކީ ޖުމްލަ 11 ފަނޑިޔާރުން ހިމެނޭ ހައި ކޯޓުގައި ތިއްބަވާ އަންހެން ފަނޑިޔާރުން ވެސް މެ އެވެ.
ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެކުލަވާލި އަންހެން ފަނޑިޔާރުންގެ ބެންޗުން ބައްލަވަނީ، އަމިއްލަ މީހަކާއި މޮރިޝަސް ބޭންކާއި ދެމެދު ހިންގާފައިވާ މުއާމަލާތަކާ ގުޅޭ ޝަރީއަތުގެ މައްސަލައެކެވެ.