Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޓެކްސް ބޮޑުކުރަން ޕީޕީއެމްގެ ހުސައިން ވެސް ވޯޓު ދިން

މެމްބަރު ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ އެއްކޮޅަށް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ދީފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އެ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

މި މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން ވޯޓު ދީފައިވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ. އެހެންނަމަވެސް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ދީފައިވަނީ ޓެކްސް ބޮޑު ކުރުމާ އެއްކޮޅަށެވެ.

ހުސައިން، ޓެކްސް ބޮޑުކުރަން ވޯޓު ދިންއިރު އިދިކޮޅު ޕީޕީއެމް މެމްބަރުން ވަނީ މި އިސްލާހާ ދެކޮޅަށް މަޖިލީހުގައި ވާހަކަ ދައްކާފައެވެ.

ޕީޕީއެމްގެ ވިޕްލައިނާ ހިލާފަށް ހުސައިން ވޯޓު ދިންއިރު އެމްޑީޕީގެ 14 މެމްބަރަކު ވަނީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ވޯޓު ދީފައެވެ.