ސެއިލިން ތަޖުރިބާ ދަތުރަކަށް އިސަޢުދީ އަރަބިއްޔާ އަށް ދިވެހި ޒުވާނުންތަކެއް ފުރައިފި އެވެ.
ސައުދީ މެރީނާގައި ތަޖުރިބާ ހޯދަން ލިބުނު ފުރުސަތަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ދުބާއީގޭ ޖޭއެލްއެސް ސުޕަ ޔޮޓްސް ކުންފުންޏާއި ގުޅިގެން ފަހިކޮށް ދިން ފުރުސަތަކެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ކުރަނީ ޖޭއެލްއެސްއިންނެވެ.
ސަޢުދީ އަރަބިއްޔާގެ މެރިނާގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަން ދިޔައީ 13 މީހެކެވެ. އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެ އެވެ އެ މީހުން ސައުދީ ދެ މަސް ދުވަސް ހޭދަކުރާނެ އެވެ.
އެމްއައިޓީޑީސީން ބުނީ ޖޭއެލްއެސް އިން ދިވެހި ޒުވާނުންނަށް ފަހިކޮށްދިން ފުރުސަތަކީ ރިޔަލު ޔޮޓްގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ ސަބަބުން އެ ދާއިރާ އަށް ޝައުގުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ ޔޮޓްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިންނ އިތުރުވުމަށް މަގުފަހިވާނެ އެވެ.
ދާދި ފަހުން އެމްއައިޓީޑީސީން ވަނީ ސެއިލިންގެ ދާއިރާ އިން 10 ޒުވާނަކު ތަމްރީންކުރުމަށް އެޗްޑީސީއާ އެކީ ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއަށް މިހާރު ފުރުސަތުވެސް ހުޅުވާލާފަައިވާ އިރު، ތަމްރީންގެ ބޮޑު ބައެއް ކުރިއަށް ގެންދާނީ ރާއްޖޭން ބޭރުގަ އެވެ.