ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް ޅ. އަތޮޅުގައި މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެމްޓީސީސީން ބުނީ ނޮވެމްބަރ މާދަމާ އިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ކުރިޔަށްދާނީ ސްޕީޑް ފެރީތަކުގެ ޓެކްނިކަލް ދަތުރުތަކެވެ. ޓެކްނިކަލް ދަތުރުތައް ކުރާ މުއްދަތުގައި އެއްވެސް ކަސްޓަމަރެއް ސްޕީޑް ފެރީތަކަށް އެރުވުމަށް ހަމަޖެހިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ނަމަވެސް ޓެކްނިކަލް ދަތުރުތައް ނިމުމުން، ނޮވެމްބަރު 21-27 އަށް އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
We are delighted to reveal that our RTL Speed Ferries have departed today to commence RTL ferry service at Lhaviyani Atoll. pic.twitter.com/LNS9kYAbXp
— MTCC Plc (@MTCCPlc) November 16, 2022
އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން
ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކު،
ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 2 ގެ ޅ. އަތޮޅުގައި އަގުނަގައިގެން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އިން ފެށިގެންނެވެ. އަދި ޒޯން 2 ގެ ޅ.އަތޮޅުގެ އާރް.ޓީ. އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 2 އާރް.ޓީ.އެލް. ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބޭނެ އެވެ.