ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ހަދަން ނިންމާފައިވާ 75 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި އެވެ.
އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާރުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި @MoNPHImv ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް ރައީސް އަދި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި pic.twitter.com/oB84AAmOeX
— Min.of National Planning, Housing & Infrastructure (@MoNPHImv) November 16, 2022
ދިއްދޫގެ ހައުސިން ޔުނިޓްތައް އަޅަން ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ އޮގަސްޓް މަހުގެ 10 ގަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން 120 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ހައުސިން ޔުނިޓް ކަމަށެވެ. އެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި އާއި 3 ފާޚާނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ކާގެ އާއި، ލޯންޑްރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނޭނެ އެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) November 16, 2022
މިނިސްޓްރީން ބުނި ގޮތުގައި މި ހައުސިން ޔުނިޓްތައް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމައި މީހުންނަށް ދިރިއުޅެން ފަށާނެ އެވެ.