Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

އޮސްކާގެ ހޯސްޓަކަށް ކިމެލް

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ ހޯސްޓަކަށް މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް ހަމަޖައްސައިފި އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ 55 އަހަރުގެ ހޯސްޓަކީ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޮސްކާ ހޯސްޓްކޮށްފައިވާ ފަންނާނެކެވެ. އެއީ 2017 އާއި 2018 ގަ އެވެ.

އަލުން ލިބުނު ފުރުސަތާ ބެހޭ ގޮތުން ކިމެލް ބުނީ އޮސްކާ އިންތިޒާމުކުރާ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް އޭއެމްޕީއޭއެސް) އިން ތިން ވަނަ ފަހަރަށް އެވޯޑް ހަފުލާ ހޯސްޓްކުރަން ދައުވަތު ދިނުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ހަމަމިއާ އެކީ މިއީ މަޅިއަކަށް ވެސް ވެދާނެ ކަމަށް ބުންޏެވެ.

ކިމެލް އެގޮތަށް ބުނީ މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި އެކްޓަރު ވިލް ސުމިތުގެ ފަރާތުން ފެނިގެން ދިޔަ އަމަލަށް އިޝާރާތްކޮށެވެ. މި އަހަރުގެ މާޗްގައި ބޭއްވި 94 ވަނަ އެވޯޑް ހަފުލާގައި އޭނާ ވަނީ އެވޯޑެއް ޕްޒެޒެންޓްކޮށްދޭން އެދި ކޮމީޑިއަން ކްރިސް ރޮކްގެ ކަންކަށިމަތީގައި ތަފާލެއް ޖަހައިފަ އެވެ.

އެކަމާ ގުޅިގެން ކުރިއަށް އޮތް 10 އަހަރުގެ ހަފުލާތަކުގައި ސުމިތު ބައިވެރިނުކުރަން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ މާޗް 12 ގަ އެވެ.