Last Updated: June 24, 09:15
Wednesday, June 24, 2026
ޚަބަރު

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެެރިވާ މީހުންނަށް މި މަހުގެ 30 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފަނޑިޔާރުންގެ މުސާރައަށް 360،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. ގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3300ރ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.

ހައި ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަ އެވެ.