މަޝްހޫރު އަވާނީ ބްރޭންޑްގެ ރިސޯޓެއް އަލަށް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
މައިނާ ހޮޓެލްސް އިން ބ. އަތޮޅުގެ ރަށެއްގައި ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ރިސޯޓް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވަން ވަނީ އަމާޒު ހިފައިފަ އެވެ. މިއާ އަކީ ރާއްޖޭގައި ހުޅުވާ އަވާނީ ޕްލަަސް ފެއާސް މޯލްޑިވްސް ރިސޯޓް ވާނީ މައިނާ ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ހަ ވަނަ ރިސޯޓަށެވެ.
މި ރިސޯޓް ތަރައްގީކުރާ ސަރަހައްދަކީ ޔުނެސްކޯ އިން ކަނޑައަޅާފައިވާ ބ. އަތޮޅު ބައޯސްފިއާ ރިޒާޒް ވެސް ހިމެނޭ ސަރަހައްދުކަމުން މިއީ ގުދުރަތީ މުއްސަނދިކަމާއި ޗާލުންކަން ވަރަށް ބޮޑަށް ދައްކުވައިދޭނެ ތަނެއް ކަމަށް މައިނާ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ގުދުރަތީ ހިތްގައިމުކަމާ އެކީ ޒަމާނީ އެތައް ހިދުމަތްތަކާ އެކު އަވާނީ ޕްލަަސް ފެއާސް މޯލްޑިވްސް ރިސޯޓް ވާނީ ޓޫރިސްޓުންނަށް ވެސް ވަރަށް ކަމުދާނެ ހިތްފަސޭހަ މާހައުލަކަށެވެ
ތައިލޭންޑްގެ އަވާނީ ބްރޭންޑްގެ ރިސޯޓްތައް މިހާރު 15 ގައުމަށް ވުރެ ގިނަ ގައުމުގައި ހިންގަ އެވެ. އަދި ޕްރޮޕަޓީތަކުގެ އަދަދު 34 އަށް އަރަ އެވެ.