Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކަރީނާގެ ލަންޑަން ޝެޑިއުލް ނިންމާލައިފި

ހެންސަލް އާއި އެކްތާއާ އެކީ ކަރީނާ.

މިދިޔަ މަހުން ފެށިގެން ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ލަންޑަނުގައި ޝޫޓްކުރަމުން އަންނަ ފިލްމުގެ ޝެޑިއުލް ނިންމާލައިފި އެވެ.

މި ވާހަކަ އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ފިލްމުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކަކާ އެކީ ކަރީނާ ބުނީ ދެން ވަރަށް އަވަހަށް އެނބުރި މުމްބާއީ އަށް ދާނެ ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ޑައިރެކްޓަރު ހެންސަލް މެހެތާއާ އެކީ ކަރީނާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމަކީ ތުރިލާއެކެވެ.

ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ހެންސަލްގެ ފިލްމަށް ކަރީނާ ލަންޑަނުގައި ޝޫޓްކުރީ ހަގު ދަރިފުޅު ޖަހާންގީރް (ޖޭ) ގޮވައިގެން ގޮހެވެ. ދޮށީ ދަރިފުޅު ތައިމޫރް ހުރީ ސައިފް ގާތު މުމްބާއީގަ އެވެ. ކަރީނާ އާއި ޖޭ ލަންޑަނަށް ދިއުމުން ތައިމޫރް ގޮވައިގެން ޗުއްޓީއަކަށް މިދިޔަ މަހު ފަހުކޮޅު ސައިފް ރާއްޖެ ވެސް އަ އެވެ.

ހެންސަލްގެ ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ނިންމާލައި ކަރީނާ މުމްބާއީ އަށް އެނބުރި ދާން ފޮށިތަންމަތި ބަންނަ އިރު، ދާދި ފަހުން އޭނާ ވަނީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ތުރިލާއެެއްގެ ޝޫޓިން ވެސް ނިންމައިފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަރީނާ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ދަ ކްރޫ" އަށް ވެސް ސޮއިކޮށްފަ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 42 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.