Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އަނެއްކާ ވެސް ކޮވިޑް މަރެއް

ކޮވިޑް-19 ގައި އަނެއްކާ ވެސް ރާއްޖޭން މީހަކު ރޭ މަރުވެއްޖެ އެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް މަރުވީ 84 އަހަރުގެ ފިރިހެނެކެވެ. އެ މީހާ އަށް ކުރިން އައިޖީއެމްއެޗްގައި ވެސް ފަރުވާ ދިނެވެ.

ރޭގެ މަރާ އެކީ މިއީ މި މަހު ކޮވިޑްގައި މަރުވި ހަ ވަނަ މީހާ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭން 313 މީހަކު މަރުވެފައިވެ އެވެ. އެއީ 294 ދިވެހިންނާއި 19 ބިދޭސީންނެވެ.