Last Updated: June 6, 14:55
Saturday, June 6, 2026
ކުޅިވަރު

ފޭދޫ ފުޓްސަލް ދަނޑު އަޅަން ފަށައިފި

ފޭދޫގައި އަޅާ ފުޓްސަލް ދަނޑުގެ މަަސައްކަތް އެމްއެންޑީއެފް ރެކްރޫޓުން ކުރަނީ. ފޮޓޯ: ކިއުންތެރިއެއް

ސ. ފޭދޫގައި ސަރުކާރުން ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.

ފޭދޫ ކުޑަކުދިންގެ ޕާކްގެ އަރިމަތިން ފްލެޓް އިމާރާތް ހުރި ސަރަހައްދުގައި ހަދާ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ސާމާން އެސްޓިއޯއިން ގެނެސްފައިވާއިރު މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފް އިން ދާދި ފަހުން ނެގި ރެކްރޫޓުންނެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސާދިޤް (ސޯބެ) މިއަދު ވިދާޅުވީ ފޭދޫ ޒުވާނުންގެ މަޝްވަރާ އާއި އެކު ފުޓްސަލް ދަނޑު އެޅުމަށް ކުޑަކުދިންގެ ޕާކް ކައިރިން ފްލެޓް ކުރިމަތިން ބިން ހަމަޖައްސާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްސަލް ދަނޑުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފުޓްސަލް ދަނޑަަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އެހީ އާ ވެސް އަޅަމުން އަންނަ ދަނޑެކެވެ.