Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ހުޅުމާލޭގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތަކެއް

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއި އެކު ސޮއިކޮށްފި އެވެ.

އެގޮތުން މެއިން ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ސްޓެލްކޯ، އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މިހާރު އޮންލައިން، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއަރއެކު ވަނީ މިއަދު ސޮއިކޮށްފަ އެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ދިނުމަށް ބޯޅަފޯރީގެ ނަމުގައި އެޗްޑީސީން ވަނީ ބޮޑު ސްކްރީން ބެހެއްޓުމުގެ އިންތިޒާމުތަކެއް ބަހައްޓާފަ އެވެ.

އެޗްޑީސީން ބުނީ މިފަހަރު "ބޯޅަފޯރި" ފޯރިގަދަކޮށް ހުޅުމާލެގައި ބޭއްވުމުގެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ސްކްރީން އެޅުވުމަށް ވަނީ ނިންމާފަ އެވެ. މިއީ ހުޅުމާލެގެ ފޭސް1 އަދި ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެވެ.