Last Updated: July 28, 10:12
Tuesday, July 28, 2026
މުނިފޫހިފިލުވުން

ރިތިކާއި ލޯބިވެރިޔާ 100 ކްރޯޑްގެ އެޕާޓްމަންޓަކަށް

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަނާއި އޭނަގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދު 100 ކްރޯޑް ރުޕީސްގެ ލަގްޒަރީ އެޕާޓްމަންޓަކަށް އެކީގައި ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީގައި "މަންނަތު" ކިޔާ އިމާރާތެއްގެ ތިން ފަންގިފިލާ ރިތިކް ގަނެފައިވާ ކަމަށާއި އެތަންތަން މިހާރު އޭނަ އާއި ސަބާ ބޭނުންވާ ގޮތަށް މަރާމާތުކޮށް ބައެއް ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ. އަދި މި އެޕާޓްމަންޓް ހުރީ މޫދަށް ވެސް ކުރިމަތިވާ ގޮތަށް މުމްބާއީގެ ވަރަށް ހިތްގައިމު ސަރަހައްދެއްގައި ކަމަށް މީޑިއާތަކުން ބުންޏެވެ.

ރިތިކާއި ސަބާ ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު، އެ ގުޅުން ރަސްމީ ވެސްކޮށްފައިވެ އެވެ. އަދި ރިތިކްގެ އާއިލާގެ ރުހުން ވެސް ސަބާ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އަނެއްކޮޅުން ރިތިކްގެ ކުރީގެ އަންހެނުން އަދި ދެ ދަރިންގެ މަންމަ ސުޒާން ޚާނަކީ ވެސް ސަބާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ޚާންގެ ދަރިފުޅު ސުޒާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އަރްސަލާން ގޯނީ ކިޔާ މާ މަޝްހޫރު ނޫން އެކްޓަރަކާ އެވެ. ރިތިކާއި ސުޒާން 2000 ވަނަ ވަނަ އަހަރު ކުރި ކައިވެނި ރޫޅައިލީ 2014 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ ރިހާން ރޯޝަން، 16، އާއި ރިދާން ރޯޝަން، 14، އެވެ.

ސެޕްޓެމްބަރު ރިލީޒްކުރި "ވިކްރަމް ވޭދާ" އިން ފެނިގެން ދިޔަ ރިތިކް މިހާރު އަންނަނީ ސިދާތު އާނަންދުގެ "ފައިޓާ" ޝޫޓްކުރަމުންނެވެ. އޭގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.