Last Updated: July 17, 17:40
Friday, July 17, 2026
ޚަބަރު

ގައުމީ ބިލިއާޑްގެ ޗެމްޕިއަނަކަށް ސިފައިންގެ ކްލަބް

"ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ތަށި ދިވެހި ސިފައިންގެ ކުލަބުން އުފުލާލައިފި އެވެ.

ސިފައިންގެ ކުލަބުން މި މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އީގަލްސް ބަލިކޮށެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލް މެޗު، ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 3-2 ޓޭބަލުންނެވެ.

ފައިނަލް މެޗަ ށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލި ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި މަހުގެ ތިން ވަނަ ދުވަހު ފެށި މި އަހަރުގެ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕަކީ މީގެ ދެވަނަ މުބާރާތެވެ.