މާދަމާ ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕާ ގުޅުވައިގެން އުރީދޫން ރާއްޖެ އަށް ހާއްސަ ލަވައެއް ނެރެފި އެވެ.
އުރީދޫ ފުޓްބޯލް ފޯރީގެ ރަސްމީގެ ލަވައިގެ ގޮތުގައި ނެރުނު ލަވަ އަކީ ގަތަރުން ވޯލްޑް ކަޕަށް ހާއްސަކޮށްގެން ނެރުނު ލަވަ "އަރްބޯ" ގެ ދިވެހި ވާޝަނެވެ. މި ލަވައި ތައްޔާރުކޮށްފައި ވަނީ ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅިގެންނެވެ. އަދި ލަވައިގެ ވީޑިއޯ ވެސް ތައްޔާރުކޮށްފައި ވަނީ އެ ގްރޫޕާއި ފުޓްބޯޅައިގެ ފޯރި ދައްކައިލާ ގިނަ މަންޒަރުތަކަކާއި ގިނަ ބައިވެރިންތަކަކާ އެކީގަ އެވެ.
Psyched to officially launch the Dhivehi version of #Ooredoo World Cup 2022 Song, Arbho!
🎶 Naya Naya Nayaa vee enmen evvelaa, majaa majaa majaa vee foareegai Nashaa 🎶#OoredooFootballFoari #FIFAWorldCupQatar2022@ooredoo @OoredooQatar https://t.co/Kyw71MwSGJ
— Ooredoo Maldives (@OoredooMaldives) November 17, 2022
އުރީދޫން ވަނީ ވޯލްޑް ކަޕާ ގުޅުވައިގެން އިނާމުތަކެއް ލިބޭ ތަފާތު ހަރަކާތްތަކެއް ފަށައިފަ އެވެ. އެގޮތުން މުބާރާތުގެ ސެމީ އަށް ހަތަރު މީހަކު ފޮނުވަން ނިންމައި، އެ މިހުން ގުރުއަތުން ހޮވާފައިވެ އެވެ.
މާދަމާ ފަށާ ވޯލްޑް ކަޕް އަންނަ މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ.