Last Updated: June 29, 13:53
Monday, June 29, 2026
ކުޅިވަރު

ގޯދިއްޔާ މުބާރާތުގެ ބައިވެރިވުމުގެ ފަހު ދުވަސް

ކޮންމެ އަހަރެއްގެ ރޯދަ މަހު އައްޑޫގައި ބާއްވާ ފޯރިގަދަ "ގޯދިއްޔާ ފުޓްސަލް މުބާރާތު"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

ގޯދިއްޔާގެ އިސް އޮފިޝަލަކު ބުނީ މުބާރާތުގައި ބައިވެރިމަށް ހުޅުވާލި 15 ޖާގައަށް ފޯމު ލުން މިއަދުގެ ނިޔަލަށް ހަމަވާނެކަމަށެވެ. އަދި އިތުރު 5 ޖާގައަކީ ދައުވަތު ދީގެން ގެންނަ ޓީމްތައް ކަމަށެވެ.

ޖަމިއްޔާއިން ބުނީ ހުޅުމީދޫން ޓީމެއް ބައިވެރިވޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެފަދަ އިޝާރަތެއް އެފަރާތުން ނުލިބޭކަމަށް އޮފިޝަލް ބުންޏެވެ.

ގޯދިއްޔާ އިން ވަނީ މި އަހަރުގެ މެޗްތަކުގެ ކަލަންޑަރު ވެސް އާންމުކޮށްފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

ޗެމްޕިއަން ޓީމަށް 55،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނައަޕް ޓީމަށް ދިނުމަށް ނިންމާފައިވަނީ 20،000 ރުފިޔާއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.