ފެނަކައާ ދާދި ފަހުން ހަވާލުކުރި އައިސް ޕްލާންޓްތަކަށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.
މިފްކޯ އިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފައިވެ އެވެ. އެއީ ހއ. އިހަވަންދު އާއި ނ. ޅޮއްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ފ. ނިލަންދު އާއި ތ. ހިރިލަންދު އާއި ގއ. ދާންދު އާއި ގއ. ދެއްވަދޫ އާއި ގއ. ގެމަނަފުއްޓާއި ގއ. ކޮލަމާފުއްޓާއި ގދ. ފިޔޯރީ އާއި ގދ. ފަރެސްމާތޮޑާގެ އިތުރުން އައްޑޫ ހިތަދޫ އައިސް ޕްލާންޓެވެ.
މި ކުންފުނިން ބަލަހައްޓަމުންދާ އައިސް ޕްލާންޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސްއެއް 14 ނޮވެމްބަރ 2022 އިން ވަނީ ފެށިފައި. (1/2) pic.twitter.com/PusGRgXFyp
— Fenaka Corporation Ltd (@TeamFenaka) November 18, 2022
މި އައިސް ޕްލާންޓްތައް ހިންގަން ފެނަކައާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ އެސެޕްޓެމްބަރު 22، 2022 ގަ އެވެ.
އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެއް މިހާރު ވަނީ ފަށައިފަ އެވެ. އޭގައި 32 މުވައްޒަފަކު ބައިވެރިވެ އެވެ. ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެ ގޮތާއި އިލެކްޓްރިކާއި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލްްތަކާއި ރެފްރިޖެރޭޝަންގެ ސައިސަލް އާއި ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ގުޅުން ހުރި ކަންކަން ކިޔައިދީ އަމަލީ ގޮތުން މަސައްކަތްތައް ދަސްކޮށް ދޭނެ އެވެ.
ފެނަކަ އިން ބުނި ގޮތުގައި ކޮންމެ އައިސް ޕްލާންޓަކަށް މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރާނެ އެވެ. މީގެ މައިގަނޑު މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާ އެކީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަމަށް ގާބިލް މުވައްޒަފުން ތަމްރީންކުރުމެވެ.